ކައުންސިލްގެ 4ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 34 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު: 04/2023/34

ޖަލްސާ ބޭއްވި ތަން:      ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް     07 ސެޕްޓެމްބަރ 2023

ޖަލްސާ ފެށި ގަޑ:       11:30

ޖަލްސާ ނިމުނު ގަޑި:    11:47                                     

ޖަލްސާ މެދުކަނޑާލެވުނު:   -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ  33 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

·  ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 3

2023 ވަނަ އަހަރު އޮގަސްޓު މަހުގެ ބަޖެޓް ރިޕޯޓު ހިއްސާކުރުން.

2023 ވަނަ އަހަރު އޮގަސްޓު މަހު ކައުންސިލްގެ ބަޖެޓް ރިޕޯޓު ޖަލްސާގައި ބައިވެރިވި މެމްބަރުންނާއި ވަނީ ހިއްސާކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

·  ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

 

އެޖެންޑާ އައިޓަމް 4

ރިޔާސީ އިންތިޙާބާއި ގުޅިގެން މަގުމަތީގައި ހަރަކާތްތައް ހިންގުމަށް ހުއްދަޔަށް އެދި ޕީޕީއެމް އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ރިޔާސީ އިންތިޙާބާއި ގުޅިގެން މަގުމަތީގައި ހަރަކާތްތައް ހިންގުމަށް ސެޕްޓެމްބަރ މަހު 7 އަދި 8 ވަނަ ދުވަހު މަގު ބަންދު ކުރުމުގެ ހުއްދަޔަށް އެދި ޕީޕީއެމް އިން ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް މަގު ބަންދުކުރުމުގެ ހުއްދަ ދިނުމަށް ޖަލްސާގައި ބައިވެރި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.

·  ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)

· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތުމަތު ހުދާ)

· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )

·  ވޯޓްގައި ބައިވެރިނުވާ :()

ބައިވެރިވި ފަރާތްތަކުގެ ނަންތައް

ޠާރިޤު އަފީފު

ސިމާޙު އިބްރާހިމު

އައްބާސާ މުޙައްމަދު

ފާތިމަތު ހުދާ

07 ސެޕްޓެމްބަރު 2023