އިކޮނޮމިކް ޚިދުމަތްތައް ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކޮށް ނުވަތަ ބިޒްނަސް ރެޖިސްޓްރޭޝަން ޕޯޓަލް https://business.egov.mv އިން ހުއްދައަށް ހުށަހެޅުން 
  • މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. 







ހިދުމަތުގެ ފެންވަރާއި މުއްދަތު

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކޮށް ނުވަތަ ޕޯޓަލް އިން ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން  

މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލް އިދާރާ އަށް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަ ލިއުމުން ދޫކުރުން