އިކޮނޮމިކް ޚިދުމަތްތައް ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސާވޭކުރުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއިބެހޭ ކަންކަމަށް އެދޭ ފޯމް (MR-1) ހުށަހެޅުން އަދި ފީ ދެއްކުން (250ރ)  
  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދު ފަހަރުގެ ރަޖިސްޓްރީ އަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން https://www.transport.gov.mv/en/downloads ލިބެންހުންނާނެއެވެ. 




ހިދުމަތުގެ ފެންވަރާއި މުއްދަތު

ކަނޑުދަތުރު ފަތުރުކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއިބެހޭ ކަންކަމަށް އެދޭ ފޯމް ހުށަހެޅުމުން ފޯމު ޗެކްކޮށް ބަލައިގަތުމާއި އަދި އެންޓްރީކޮށް ފޯމު ގުޅުންހުރި ސެކްޝަނާ ހަވާލުކުރުން 

ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭކުރުން 

އުޅަނދު ސާރވޭކޮށް ނިމޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސަރވޭކޮށް ދޫކުރާ ލިޔުން (2MR-) ދޫކުރުން