ގއ. ކަނޑުހުޅުދޫ މަގުމަތި ކުނިކެހުމާ ގުޅޭ

  ނަމްބަރު: IUL)414/414/2023/92 )          

ގއ. ކަނޑުހުޅުދޫ މަގުމަތި ކުނިކެހުމާއި ބެހޭ ގަވާއިދު 2013/R-2049 ގެ 3 ވަނަ މާއްދާގއިވާ ގޮތުގެ މަތިން، ކޮންމެ ފަރާތަކުންވެސް، އެފަރާތަކަށް އެރަށެއްގެ ބިމުން ދޫކޮށްފައިވާ ގޯތީގެ ވަށައިގެންވާމަގުތަކާއި އެ ގޯއްޗެއްގެ މަގަށްވާ ސަރަޙައްދުގައި އެގޯއްޗަކާވީ ފަޅީގެ ދެބައިކުޅަ އެއްބައިކުނިކަހައި ސާފުކޮށް ބަލަހައްޓަންޖެހެއެވެ. ނަމަވެސް މިގަވާއިދާއި އެއްގޮތަށް، ރަށުގެ ވަރަށް ގިނަ ގެތަކުން ޢަމަލުކުރަމުންނުދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން ދެންނެވުނު ގަވާއިދުން ބާރުލިބިގެން، މަގުމަތި ކުނިކެހުމާއި އެކަމަށް ފީނެގުމަށް ކައުންސިލުންވަނީ އުސޫލެއް ފާސްކޮށް ކައުންސިލްގެ ރަސްމީ ވެބްސައިޓްގައި ޝާޣިޢު ކުރެވިފައެވެ.  އެހެންކަމުން ދެންނެވުނު އުސޫލުގެ 3 ވަނަމާއްދާގައިވާ ގޮތުގެ މަތިން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކާއި ގުޅޭ މަގުތައް ހަވާލުވެފައިވާ ފަރާތްތަކުން ކުނިހައި ސާފުކުރުމަށް އުޛުރުވެރިވާނަމަ، އެ ސަރަހައްދު ކުނިކަހައި ސާފުކުރުމަށްޓަކައި ކައުންސިލްގައި ރެޖިސްޓަރ ކޮށް އުސޫލުގައި ބަޔާންކުރާ '' ކުނިކަހައި ސާފުކުރުމުގެ މަހުފީ '' ކައުންސިލަށް ދައްކަން ޖެހޭނެއެވެ.  

ގއ. ކަނޑުހުޅުދޫ މަގުމަތި ކުނިކެހުމާބެހޭ އުސޫލުގައި ކަނޑައަޅާފައިވާ ފީތައް

1.      އެއް މަގު ހިމެނޭ ގޯތިތައް: މަހަކު -/150 (ސަތޭކަ ފަންސާސް ) ރުފިޔާ

2.      ދެ މަގު ހިމެނޭ ގޯތިތައް: މަހަކު -/200 ( ދުއިސައްތަ) ރުފިޔާ

3.      ތިން މަގު ހިމެނޭ ގޯތިތައް: މަހަކު -/300 ( ތިންސަތޭކަ )ރުފިޔާ

4.      ހަތަރު މަގު ހިމެނޭ ގޯތިތައް: މަހަކު -/400 (ހަތަރު ސަތޭކަ) ރުފިޔާ

އެހެންކަމުން 01 ނޮވެމްބަރ 2023 އިން ފެށިގެން، ގަވާއިދުން މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާ ފަރާތްތައް މަގުމަތި ކުނިކެހުމާ ބެހޭ ގަވާއިދުގެ 06 ވަނަ މާއްދާގެ ދަށުން 50 ރުފިއާއާއި، 500 ރުފިޔާއާއި ދެމެދުގެ އަދަދުން ޖޫރިމަނާކުރުމަށް ހަމަޖެހިފައިވާތީ، މަގުތައް ކުނިކެހުމަށް އުޛުރުވެރިވާ ފަރާތްތައް، ކައުންސިލްގެ ބެލުމުގެ ދަށުން މަގުތައް ސާފުކޮށް ބެލެހެއްޓުމަށްޓަކައި މިކަމަށް އެދޭ ފޯމް މެދުވެރިކޮށް ކައުންސިލްގައި ރެޖިސްޓްރީ ކުރުމަށް ދަންނަވަމެވެ.

އެހެންކަމުން މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

04 ރަބިޢުލްއާޚިރު 1445

19 އޮކްޓޫބަރު 2023

ގުޅޭ ފައިލްތައް