ކުނި އަޅާ ސަރަޙައްދު ވަގުތީ ގޮތުން ބަދަލުކުރުން

(IUL)414/414/2023/93             ނަމްބަރު:

ގއ. ކަނޑުހުޅުދޫގައި ވަގުތީގޮތުން ކުނިއެޅުމަށް ހަދާފައިވާ ކުނިގޮނޑުގައި ކުނި އެންދުމުން އާންމުންގެ ޝަކުވާތައް ވަރަށް ގިނައިން ލިބެމުން އަންނާތީ، މިއަދުން ފެށިގެން ވަގުތީގޮތުން ކުނިއެޅުމަށް ހަމަޖެހިފައިވަނީ ކުރިން ބޭނުންކުރަމުންދިޔަ ކުނި ގޮނޑު (ފުޓްސަލް ދަނޑު ކައިރި) ކަމުގައި ދަންނަވަމެވެ. އެހެންކަމުން ކައުންސިލުން ވަކިގޮތެއް އަންގަންދެން ދެންނެވުނު ސަރަޙައްދަށް ކުނިއެޅުމަށް ދަންނަވަމެވެ.

އަދި ގޮނޑަށް ކުނި އުކާ ފަރާތްތަކުން، ކުނި އުކާއިރު އެހެން ފަރާތްތަކަށް އުނދަގޫ ނުވާނެހެން ކުނި އެޅުމަށް ނަސޭހަތްތެރިވަމެވެ.

އެހެންކަމުން މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.

07 ރަބިޢުލްއާޚިރު 1445

22 އޮކްޓޫބަރު 2023