ރައްޔިތުންނާއި ބައްދަލުކުރުން

(IUL)414/414/2023/96

އިޢުލާން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން (ޤާނޫން ނަންބަރު 2010/7) ގައިވާ ގޮތުގެ މަތިން ކޮންމެ 4 މަހުން އެއްފަހަރު ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ލާޒިމުކޮށްފައިވާ ބައްދަލުވުން، 09 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭ 21:00 ގައި ސްކޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.         

މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް

·         ކައުންސިލުން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެ ތަފްސީލް ހިއްސާކުރުން.

·         ކައުންސިލުން ހިންގުމަށް ރާވާފައިވާ ހަރަކާތްތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުން.

 

          ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރި ވެދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

    މިހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ނޮވެމްބަރު 2023