އެސްޓިއޯގެ ކާޑު އެޖެންޓަކު ހޯދުމާއި ބެހޭ

ނަންބަރު: (IUL)414/414/2023/102

އެސްޓިއޯގެ ކާޑު އެޖެންޓަކު ހޯދުމާއި ބެހޭ

       ގއ. ކަނޑުހުޅުދޫ ރައްޔިތުންނަށް ދަތި ނުވެ ކާޑުގެ ބާވަތް ލިބެންހުންނާނެ ގޮތް ހެދުމަށްޓަކައި، އެސްޓިއޯއިން ކަނޑައަޅާ ކާޑު އެޖެންޓަކަށް ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ، ރަށުގެ ވިޔަފާރި ކުރާފަރާތްތަކުގެ ތެރެއިން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ލިޔުންތައް ވީއެންމެ އަވަހަކަށް ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

·         ވިޔަފާރި ރެޖިސްޓުރޭޝަން (ކޮޕީ)

·         ޖީއެސްޓީ ރެޖިސްޓްރޭޝަން (ކޮޕީ)

·         އައިޑީ ކާޑު (ކޮޕީ)

          މިހެންކަމުން މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޑިސެންބަރު 2023 

ގުޅޭ ފައިލްތައް