އިޢުލާން: ޑްރައިވިންގް ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދުން

ނަންބަރ: (IUL)414/414/2024/02

އިޢުލާން

ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

       ޑްރައިވިންގ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ފެށުމަށްޓަކައި މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށްޓަކައި 16 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައި މިދަންނަވާ މަޢުލޫމާތު [email protected] މެއިލްއަށް މެއިލް ކޮށްދެއްވުން އެދެމެވެ.

-          ނަން  (ކުންފުނި / އަމިއްލަފަރުދުންގެ)

-          މެއިލް އެޑްރެސް

-          މޯބައިލް ނަންބަރ

މައުލޫމާތު ދިނުން.

މަޢުލޫމާތު ދިނުން އޮންނާނީ 18 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ.

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

  • ބީލަން ހުށަހެޅުން: 25 ޖަނަވަރީ 2024 ވަނަ ދުވަހުގެ 11:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ. އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތަކާއި މައުލޫމާތު ސާފުކުރުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަށް ބަލައި ނުގަނެވޭނެއެވެ.

  • ހުށަހަޅާ ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ޑްރައިވިން ޓްރެކް އެޅުން '' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

§         އަގު  60 މާރކްސް

§         މުއްދަތު 30 މާރކްސް

§         ތަޖުރިބާ 10 މާރކްސް

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

 

 30 ޖުމާދަލް އާޚިރާ 1445

12 ޖަނަވަރީ 2024