އިޢުލާން: ޕިކްނިކް އޭރިއާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

 

އިޢުލާން

 ނަންބަރ: (IUL)414/414/2024/18

ގއ. ކަނޑުހުޅުދޫގެ ޕިކްނިކް އޭރިއާ (ހުއްޓޭކޮޑާ) 1 އަހަރުދުވަހަށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މަސައްކަތުގެ އަގު ހުށަހެޅުމަށްދެވޭ މަޢުލޫމާތު

  • ޕިކްނިކް ސަރަޙައްދު ބީޗް ހިމެނޭހެން ހަފްތާއަކު ކޮންމެ ދުވަހަކު ސާފުކޮށް ބެލެހެއްޓުން

  • ސަރަޙައްދުން ނެގޭ ކުނި ގަވާއިދުން ކުނިގޮނޑަށް ގެންދިއުން

  • އަގު ހުށަހެޅޭނީ ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅާނީ އަންދާސީ ހިސާބު ހުށަހަޅާ ފޯމުންނެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް

1

މަސައްކަތުގެ އަގު

90%

2

ތަޖުރިބާ

10%

ބީލަން ހުށަހެޅުން / ބީލަން ހުޅުވުން

މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 08 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 11:00 އަށް ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  އަދި ސުންގަޑި ހަމަވުމުން ލިބޭ ބީލަންތަށް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު

މިބީލަމާގުޅޭ އިތުރުމައުލޫމާތު ހޯދުމަށް ގުޅުއްވާނީ:

ފޯން: 6820020

އީމެއިލް:[email protected]

18 ރަޖަބު 1445

29 ޖަނަވަރީ 2024

ގުޅޭ ފައިލްތައް