އިޢުލާން: އެމްއައި ކޮލެޖް ޤައުމަށްޓަކައި ކެމްޕެއިންގެ ދަށުން ދޫކުރާ 3 ސްކޮލާޝިޕާއި ގުޅޭ

ނަންބަރު: (IUL)414/414/2024/23

 އެމްއައި ކޮލެޖް ޤައުމަށްޓަކައި ކެމްޕެއިންގެ ދަށުން ދޫކުރާ 3 ސްކޮލާޝިޕާއި ގުޅޭ

އެމްއައި ކޮލެޖްގެ "ޤައުމަށްޓަކައި" ސީއެސްއާރު ކެމްޕެއިންގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ރަށު ކައުންސިލަކަށް 3 ސްކޮލާޝިޕް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިސްކޮލަރޝިޕގެ ދަށުން މިވަގުތު ޑިގްރީއަށް ޝަރުތު ހަމަނުވާ ދަރިވަރުންނަށް އެއްވެސް ކޯސްފީއަކާއިނުލައި ރަށުގައި ހުރެގެން އޮންލައިންކޮށް ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކުރުމަށްފަހު، ފްރީ ޑިގްރީ ސްކީމްގެ ދަށުން އިތުރު ކޯސްފީއަކއިނުލައި ބެޗްލަރސް ޑިގްރީއާއިހަމައަށް ކިޔެވުމުގެ ފުރސަތު ލިބިގެންދާނެއެވެ.

މިސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ އަދި ޝަރުޠު ފަރާތްތަކުން 07 ފެބްރުއަރީ 2024 ވަނަ ބުދަދުވަހުގެ ނިޔަލަށް [email protected] އީމެއިލަށް ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ބައިވެރިވުމަށް ބޭނުންވާ ކޯހުގެ ފޯމް ފުރިހަމަކުރުމަށްފަހު ފޮނުއްވުން އެދެމެވެ.

 

21 ރަޖަބު  1445 

01 ފެބްރުއަރީ 2024

 

ގުޅޭ ފައިލްތައް