ނަންބަރު: (IUL)414/414/2024/26
ކޮންސްޓްރަކްޝަން މަސައްކަތްކުރުމަށް ބިން ދޫކުރުމާއިގުޅޭ
މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 10 އަހަރުގެ މުއްދަތަށް ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ބިމެއް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން މި ބިމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
ބިމުގެ ކެޓަގަރީ
ތަފްސީލް | ބިމުގެ އަދަދު | ބިމުގެ ބޮޑުމިން |
(1) ކޮންސްޓްރަކްޝަން | 01 | 1000 އާއި 1500 އަކަފޫޓު |
މާކުސް ދެވޭ މިންގަނޑު:
# | ތަފްސީލް | މާކުސް |
1 | އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް. މިގޮތުން އަގު ހުށަހަޅަންވާނީ ކޮންމެ ބިމެއް ވަކިވަކިންނެވެ. | 40 |
2 | ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއްފަހަރާ އެޑްވާންސްކޮށް އެ ބިމަކަށް އެންމެ ގިނަ ފައިސާ ދިނުމަށް ހުށަހަޅާ ފަރާތް. މިގޮތުން އެފަރާތްތަކުން ދައްކާފައިސާ ކުލިން ކެނޑޭނެއެވެ. | 20 |
3 | އިޖްތިމާއީ ކަންކަމަށް އެހީތެރިވެދޭ މިންވަރަށް. | 10 |
4 | - ކޮންސްޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ ބިމުން އެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ތަޖުރިބާގެ މުއްދަތަށް. (10 މާކުސް) މިގޮތުން އެމަސައްކަތް ކުރާކަމުގެ ލިޔުން ބިޑާއިއެކު އެފަރާތްތަކުން ޙުށަހަޅަންވާނެއެވެ. | 10 |
5 | ޕްރޮޖަކްޓަށް ޚަރަދު ކުރުމަށް ރާވާފައިވާ ފައިސާގެ މިންވަރަށާއި އެފައިސާ ޚަރަދު ކުރުމަށް ރާވާފައިވާ މުއްދަތު. މިގޮތުން މިކަން ޔަގީންކުރުމަށްޓަކައި އެކުންފުނީގެ ނުވަތަ އެފަރާތެއްގެ 1 އަހަރު ދުވަހު ބެންކް ސްޓޭޓްމަންޓް، ނުވަތަ އެފަދަ ލިޔުންތައް ހުށަހެޅުން | 10 |
6 | ޕްރޮޖަކްޓު ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތް ދޭން ހުށަހަޅާ އަވަސް މުއްދަތަށް | 10 |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހު 13:00 ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
- މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް
- ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ.
- އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
ނޯޓް: ކޮންސްޓްރަކްޝަން މަސައްކަތަށް ބިން ކުޔަށް ދޫކުރާ ސަރަހައްދުތައް ހިމެނޭ ރަށުގެ ޗާޓެއް މިއިއުލާނާއިއެކު ހިމެނިފައިވާނެއެވެ.
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ،6820020 އަށް ގުޅުއްވުން އެދެމެވެ.
05 ފެބުރުވަރީ 2024