އިޢުލާން: ސައިހޮޓާ ހިންގުމަށް ބިންދޫކުރުން

ނަންބަރ: (IUL)414/414/2024/32

ސައިހޮޓާ ހިންގުމަށް ބިންދޫކުރުން

            ކާނި ޕާރކްގެ އުތުރުން އޮތް ސަރަހައްދުން 1500 އަކަފޫޓްގެ 02 ބިން 10އަހަރު ދުވަހުގެ މުއްދަތަށް ކެފޭ / ރެސްޓޯރަންޓް ހިންގުމަށް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިން ކުއްޔަށް ހިފުމަށް ކުރިމަތިލެވޭނެ ފަރާތްތަކުގެ ޝަރުޠުތައް:

·         ޤާނޫނު ނަންބަރ 2024/18 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު)ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރު 2014/19(އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

ޕޮއިންޓް ދެވޭނެ ގޮތް:

·         ބިމުކުލި: % 60 )މިބަޔަށް މާރކްސް ދޭނީ އެންމެ ބޮޑެއް އަގެއް ހުށަހަޅާ އަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރީއާއަށް ދެވިފައިވާ ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން  އެންމެ ގިނަ މާރކްސް ލިބޭނީ ހުށަހަޅާފައިވާ އެންމެ ބޮޑު އަގަށެވެ.(

·         ތަޖުރިބާ: %25  ( މިބަޔަށް އެއްމެ ގިނަ މާރކްސް ލިބޭނީ ކެފޭ / ރެސްޓޯރެންޓް ހިންގާފައިވާ މުއްދަތު އެނގޭ ލިޔުންތަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ދިގުމުއްދަތަކަށް މިފަދަ ވިޔަފާރިއެއް ހިންގާފައިވާ ފަރާތްތަކަށެވެ. މިގޮތުން އަހަރަކަށް ލިބޭނީ 05 ޕޮއިންޓެވެ.)   

·         އިޖްތިމާޢީ ޕްރޮގްރާމްތަށް ހިންގުމަށް: %15 ( މިބަޔަށް މާރކްސް ލިބޭނީ ކައުންސިލުން ހިންގާ އިޖްތިމާޢީ ތަރައްޤީ ޕްރޮގްރާމްތަށް ހިންގުމަށް އެންމެ ގިނަ ފައިސާ ޚަރަދު ކުރާނެ ކަމަށް ހުށަހަޅާ ފަރާތްތަށެވެ.)

ޕްރޮޕޯސަލް ހުށަހެޅުން

  • ޕްރޮޕޯސަލް ހުށަހެޅުން: 22 ފެބްރުއަރީ 2024 ވަނަ ދުވަހުގެ 13:00 ގައި ގއ.ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލްގައެވެ.

  • ހުށަހަޅާ ޕްރޮޕޯސަލްތަށް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ''ވިޔަފާރި ބިމަށް އެދި '' މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރު ސިޓީ އުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

02 ޝައުބާން 1445

12 ފެބްރުއަރީ 2024

 

ގުޅޭ ފައިލްތައް