ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމާއި ބެހޭ

 

ނަންބަރު: (IUL)414/414/2024/33 

އިޢުލާން

ފެބުރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތު ބައްދަލުވުމާއި ބެހޭ           

 ލާމަރުކަޒީ ޤާނޫނުގެ 110 ވަނަ މާއްދާގައިވާގޮތުގެ މަތިން ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލެވިގެން ކޮންމެ އަހަރަކު 2 ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާތީ، މިއަހަރު ފުރަތަމަ ބައްދަލުވުން 22 ފެބުރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ކައުންސިލްގެ އިދާރާގައި އޮންނާނެ ވާހަކަ ދަންނަވަމެވެ.

މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް

·   2023 ވަނަ އަހަރު ކައުންސިލް ހިންގިގޮތުގެ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.

·  2023 ވަނަ އަހަރު މަލީ ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.

·  2023 ވަނަ އަހަރު އޮޑިޓް ރިޕޯޓު ރައްޔިތުންނާއި ޙިއްސާކުރުން.

             ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

02  ޝަޢުބާން  1445

12  ފެބުރުވަރީ  2024