މަގު ބަންދު ކުރުމާއި މަގު ބަންދު ބޯޑު ދޫކުރުމުގައި ފީނަގަން ފެށުން

ނަންބަރު: (IUL)414/414/2024/39

ވަގުތީގޮތުން މަގު ބަންދުކުރުމާބެހޭ

ގއ. ކަނޑުހުޅުދޫގެ މަގުތަކުގައި މަސައްކަތެއްކުރުމަށް މަގު ބަންދު ކުރުމަށް ހުއްދަ ދޫކުރުމާއި މަގު ބަންދު ބޯޑު ދޫކުރުމުގައި، ގއ. ކަނޑުހުޅުދޫ - ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު (2013/R-2047)ގެ 08 އަދި 12 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާ ގޮތުގެ މަތިން 01 މާރިޗު 2024 އިން ފެށިގެން ފީނެގުމަށް ހަމަޖެހިފައިވާ ކަމުގައި އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވަމެވެ.
އެގޮތުން ވަގުތީގޮތުން މަގު ބަންދުކުރަން އެދޭފޯމް ކައުންސިލް އިދާރާއިން އަދި ކައުންސިލްގެ ވެބްސައިޓްއިން ލިބެން ހުންނާނެކަމުގައި ދަންނަވަމެވެ.

މަގު ބަންދު ކުރުމަށް ފީ ނަގާ ގޮތުގެ ތަފުޞީލު (ގއ. ކަނޑުހުޅުދޫ - ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު (2013/R-2047)ގެ 08 ވަނަ މާއްދާ)

(ހ) މަގު ބަންދު ކުރަނީ ޢުމުރާނީ މަސައްކަތަކަށްނަމަ، ފުރަތަމަ ހިނގާ 6 (ހައެއް) ގަޑިއިރާ ހަމައަށް 250/- (ދުއިސައްތަ ފަންސާސް) ރުފިޔާއާއި، ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް 150/- (އެއްސަތޭކަ ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެންނެވެ.

(ށ) މަގުބަންދުކުރެވޭނީ އިޖުތިމާޢީ ޙަރަކާތްތަކަށް ނުވަތަ މަސައްކަތަކަށްނަމަ، ފުރަތަމަ 6 (ހައެއް) ގަޑިއިރާ ހަމައަށް 150/- (އެއްސަތޭކަ ފަންސާސް) ރުފިޔާއާއި، ފުރަތަމަ 6 (ހައެއް) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ ގަޑިއިރަކަށް 50/- (ފަންސާސް) ރުފިޔާގެ ފީއެއް ދައްކައިގެނެނެވެ.

(ނ) މިނަމްބަރުގެ (ހ) އާއި (ށ) ގައި ބުނެފައިވާ މަސައްކަތްތައް ފިޔަވައި އެހެނިހެން ކަންތައްތަކަށް ވަގުތީ ގޮތުން މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރެވޭނީ ހުއްދަދެވޭ ފުރަތަމަ 2 (ދޭއް) ގަޑިއިރަށް 75/- (ހަތްދިހަފަހެއް) ރުފިޔާ، އަދި އިތުރަށް ހިނގާ ކޮންމެ 2 (ދޭއް) ގަޑިއިރަކަށް ނުވަތަ 2 (ދޭއް) ގަޑިއިރުން ބަޔަކަށް 50/- (ފަންސާސް) ރުފިޔާގެ ފީއެއް ދައްކާ ގޮތަށެވެ.

(ރ) މަގު ބަންދު ކުރަން ހުއްދަދިން ވަގުތު ހަމަނުވިނަމަވެސް ފީ ނަގާނީ މަގު ބަންދުކުރަން ހުއްދަދިން ވަގުތަށެވެ. ނަމަވެސް ހުއްދަދިން ވަގުތު ހަމަވުމުގެ ކުރިން  މަގު ބަންދު ކުރި ބޭނުން ނިންމައި ކައުންސިލަށް އެކަން އަންގައިފނަމަ، ފީނަގާނީ ބޭނުންކުރި ވަގުތަށެވެ. ވަގުތު ބަލާނީ ހަމަ ގަޑިއިރަށެވެ.

މަގު ބަންދު ކުރާ ބޯޑަށް ފީނަގާ ގޮތުގެ ތަފުޞީލު (ގއ. ކަނޑުހުޅުދޫ - ވަގުތީގޮތުން މަގު ބަންދުކުރުމާއި ބެހޭ ގަވާއިދު (2013/R-2047)ގެ 12 ވަނަ މާއްދާ)

މަގުމަތީގައި މަސައްކަތްކުރާއިރު ބަހައްޓާ ބޯޑު ބޭނުން ކުރަނީ 6 (ހައެއ) ގަޑިއިރަށްވުރެ މަދު ވަގުތަކަށްނަމަ 20/- (ވިހި) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. އަދި ބޯޑު ބޭނުންކުރެވެނީ 6 (ހައެއް) ގަޑިއިރާއި 12 (ބާރ) ގަޑި އިރާ ދެމެދުގެ ވަގުތަކަށްނަމަ، 40/- (ސާޅީސް) ރުފިޔާ، އަދި 12 (ބާރަ) ގަޑިއިރާއި 24 (ސައުވީސް) ގަޑިއިރާ ދެމެދުގެ ވަގުތަކަށްނަމަ 60/- )ފަސްދޮޅަސް( ރުފިޔާ ދައްކަންވާނެއެވެ. އަދި 24 (ސައުވީސ) ގަޑިއިރަށްވުރެ އިތުރަށް ހިނގާ ކޮންމެ 6 (ހައެއް) ގަޑިއިރަކަށް 20/- (ވިހ) ރުފިޔާގެ ރޭޓުން ފީ ދައްކަންވާނެއެވެ.

29 ފެބްރުއަރީ 2024

ގުޅޭ ފައިލްތައް