1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

   ނަންބަރު: (IUL)414/414/2024/44

އިޢުލާން

 

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ބެހޭ

 

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 02 ރަމަޟާން 1445 (12 މާރިޗު 2024) އިންގެ ފެށިގެން 27 ރަމަޟާން 1455 (06 އެޕްރީލް 2024) ވާ ހޮނިހިރު ދުވަހުގެ ދުވަހުގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯގެ މިންވަރެވެ. ފިޠުރު ޒަކާތް ދައްކަންޖެހޭ ގޮވާމުގެ ބާވަތްތަކާއި ރޭޓްތައް މިއިޢުލާނާއެކު އާންމުކުރެވިފައިވާނެވެ.

ފިޠުރު ޒަކާތް ދެއްކުމަށް އެކައުންޓް ނަންބަރަށް 7712700467004 (ޚަރަދު 2) އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު 7916100 އަށް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތްތަކުން ރިމާކްސްގައި ފައިސާ ދައްކަވާ ގޭގެ ނަމާއި ޒަކާތް ދައްކާ ފަރާތާއި މީހުންގެ އަދަދު އަދި ކޮން ބާވަތެއްގެ ކާބޯތަކެތިންކަން ޖެއްސެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

 

 

26 ޝައުބާން  1445 

07  މާރިޗް   2024    

ގުޅޭ ފައިލްތައް