ކައުންސިލް ބެލުމުގެ ދަށުގައިވާ ރުއްތައް ކުއްޔަށް ދޫކުރުމާއި ގުޅޭ

ނަންބަރު:414/414/2022/14

މި ކައުންސިލްގެ ބެލުމުގެ ދަށުގައިވާ  ރުއްތައް 1 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫ ކުރުމަށް ބޭނުންވާތީވެ މިރުއްތަށް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ކަމަށް އެދޭފަރާތަކުން ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް ރުއްތަށް ކުއްޔަށް ހިފަން ބޭނުންވާ އަގާ އެކު މިކައުންސިލް އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.

- ފެށޭ އަގު : (ރުކެއް ( -/5)  ރުފިޔާ އަށް

- މަދުވެގެން ފަހަރަކު އިތުރު ކުރެވޭނީ (-/ 1) ރުފިޔާ އެވެ.

- ހުށަހަޅާ އަގުތަކުގެ ތެރެއިން އެންމެ ބޮޑު އަގު ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 03 ދުވަސް ވަންދެން އޮވެއްޖެ ނަމަ އެފަރާތަކާއި ރުއްތައް ހަވާލުކުރެވޭނެއެވެ. 

13 ރަބީޢުލްއާޚިރް 1444

07 ނޮވެމްބަރ 2022