ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އަމިއްލަ ތަކެތީގައި ގަރާޖެއް ހެދުން

           ނަންބަރ:    (IUL)414/414/2022/68 

އަންދާސީ ހިސާބު ބޭނުންވެއްޖެ

ގއ ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ގޯތި ތެރޭގައި އަމިއްލަ ތަކެތީގައި ގަރާޖެއް ހަދަން ބޭނުން ވެއްޖެ.

ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

-          މައުލޫމާތު ދިނުން – 14 ނޮވެމްބަރ 2022 ( ހޯމަ ) 13:00ގައި

-          އަންދާސީ ހިސާބު ހުށަހެޅުން 20 ނޮވެމްބަރ 2022 (އާދީއްތަ) 13:00ގައި

ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު

-         އަގަށް: %70 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)

-         މުއްދަތު: %20

-         ތަޖްރިބާ: %10

އަންދާސީ ހިސާބު 20 ނޮވެމްބަރ 2022 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަމްބަރާއި އަދި "ކަނޑުހުޅުދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ގަރާޖު ހެދުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

 

ގއ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ

ކަނޑުހުޅުދޫ، ދިވެހިރާއްޖެ

 

މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ  ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ.  އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން ފަރާތެއް ހާޒިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

15 ރަބީޢުލްއާޚިރު 1444

         09 ނޮވެމްބަރ 2022

ގުޅޭ ފައިލްތައް