އިޢުލާން

ނަންބަރު : (IUL)414/414/2022/52          
 
މިކައުންސިލް އިދާރާއިން ވިޔަފާރި ބިމުގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތަކުން 10 އަހަރުގެ މުއްދަތަށް ވިޔަފާރި ބިންތައް ދޫކުރުމަށްވަނީ ނިންމާފައެވެ. އެހެންކަމުން ވިޔަފާރި ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.
 
ބިމުގެ ކެޓަގަރީ
 | ތަފްސީލް | ބިމުގެ އަދަދު | ބިމުގެ ބޮޑުމިން
|  ސައިހޮޓާ ނުވަތަ ރީޓެއިލް ވިޔަފާރި | 04 | 1500 އަކަފޫޓު
 
 
މާކުސް ދެވޭ މިންގަނޑު:
 | # | ތަފްސީލް | މާކުސް
| 1 | އެންމެމަތީ އަގުހުށަހަޅާ ފަރާތްތަކަށް. މިގޮތުން އަގު ހުށަހަޅަންވާނީ ކޮންމެ ބިމެއް ވަކިވަކިންނެވެ. (މާކުސްދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑުކޮށް ކުއްޔަކީ ބެންޗް މާކްކަމުގައި ބަލައިގެންނެވެ.) | 50
| 2 | ޕްރޮޖެކްޓް ނިންމާ އެބިންތަކުން ރައްޔިތުންނަށް ޚިދުމަތްދޭން ހުށަހަޅާ އަވަސް މުއްދަތު (މާކުސް ދެވޭނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އަވަސް މުއްދަތަކީ ބެންޗް މާކް ކަމުގައި ބަލައިގެންނެވެ.) | 20
| 3 | އިޖްތިމާއީ ފައިދާއަށް ކޮށްދޭނެ ކަންކަމަށް (މާކުސްދެވޭނީ އިޖްތިމާއީ ފައިދާއަށް އެންމެ ރަގަނޅަށް ހުށަހަޅާ ފަރާތަކަށް އެންމެ މަތިން މާކުސް ލިބޭނެ ގޮތަކަށެވެ.) | 20
| 4 | މާލީ ޤާބިލުކަމަށް (މާކުސް ދޭނީ ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ އެންމެ ފަހުގެ 3 މަސްދުވަހުގެ ބެންކް ސްޓޭޓްމަންޓަށް ބަލައިގެންނެވެ. ކޮންމެ މަހެއްގެ މަސްނިމޭ ބެލެންސް އެވްރެޖް ހޯދުމަށްފަހު، އެންމެ ބޮޑު އަދަދަކީ ބެންޗްމާރކް ކަމުގައި ބަލައިގެންނެވެ.) | 10
 
         ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 އޮގަސްޓް 2022 ވާ ބުދަ ދުވަހު 13:00 ށް އަގު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅަންވާނީ ކޮންމެ ބިމަކަށް ވަކިންނެވެ. 
އަގާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
-   މާކުސް ދެވޭނެ ގޮތުގެ ތަފްސީލުގައިވާ ހުރިހާ ލިޔުންތައް 
-  ކުންފުންޏެއްގެ ނަމުގައި އަގު ހުށަހަޅާނަމަ ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރީ ސެޓްފިކެޓް، ޖީއެސްޓީ ސެޓްފިކެޓުގެ ކޮޕީ. 
-  އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-  ވެރިފަރާތުން ނޫން މީހަކަ ލައްވާ އަގު ހުށަހަޅާނަމަ ވެރިފަރާތުގެ ސިޓީއާއިއެކު ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ.
 
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.
 
         10 މުޙައްރަމް 1444 
         08 އޮގަސްޓް 2022