ކުނި މެނޭޖްކުރާ ކޮމެޓީއާއިގުޅޭ

މިކައުންސިލުގެ ކުނިމެނޭޖު ކުރާ އުސޫލުގައި ބަޔާންކޮއްފައިވާ ގޮތުން އާންމުންގެ ފަރާތުންނާއި، ކުލަބު، ޖަމްއިއްޔާ ތަކުން މެންބަރުން ހިމެނޭހެން ކުނި މެނޭޖުކުރާ ކޮމެޓީއެއް އެކުލަވާންޖެހެއެވެ. އެހެންކަމުން އާންމުންގެ ފަރާތުންނާއި، ކުލަބު، ޖަމްއިއްޔާ ތަކުން މިކޮމެޓީގެ މެމްބަރު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ސިޓީ 05 އޮކްޓޫބަރ 2023 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އީމެއިލް [email protected]  ކޮއްދެއްވުން އެދެމެވެ.

25 ސެޕްޓެންބަރު 2023