ކައުންސިލުން ހޯދާ ރަސްމީ ލިޔުންތަކާއި ގުޅޭ

ނަންބަރު: (IUL)414-1/414/2023/87

އެކިކަންކަމާއި ގުޅިގެން ކައުންސިލުން ދޫކުރާ ރަސްމީ ލިޔުން ހޯދުމަށް ފަސޭހަކުރުމުގެ ގޮތުން، ކައުންސިލްގެ އެއްވެސް ރަސްމީ ލިޔުމެއް ބޭނުންވާނަމަ ތިރީގައިވާ ލިންކް މެދުވެރިކޮށް އެޚިދުމަތަކަށް އެދުމަށް ދަންނަވަމެވެ. އެގޮތުން، އިތުރު މައްސަލައެއް ދިމާނުވާނަމަ ކައުންސިލަށް ފޯމް ލިބޭތާ ރަސްމީ 3 ދުވަސްތެރޭގައި އެލިޔުން އެފަރާތަކަށް ފޯރުކޮށްދެވޭނެކަމުގައި ދަންނަވަމެވެ.

އަދި ކައުންސިލުން ދޫކުރާ ރަށުން ބޭރުގައި ދިރިއުޅޭކަމުގެ ލިޔުން، ވަކި ރަށެއްގައި ދިރިއުޅޭކަމަށް ދޫކުރެވޭނީ، އެރަށެއްގައި ދިރިއުޅުނުކަން އަންގައިދޭ ލިޔެކިޔުން ހުށަހެޅުމުންކަމުގައިވެސް ދަންނަވަމެވެ.

އެހެންކަމުން މިކަން ޚިދުމަތް ހޯދާފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ފޯމް ލިންކް: https://forms.gle/c9neW7S44f6TL9QT8

ކައުންސިލްގެ އޮންލައިން ޚިދުމަތްތައް: https://kanduhulhudhoo.gov.mv/online

 

26 ރަބިޢުލްއައްވަލް 1445

11 އޮކްޓޫބަރ 2023