އިޢުލާން : އެއްގަމު ތޮށީގައި އަޅާފައިވާ އުޅަނދުތަކާއި ގުޅޭ

ނަންބަރު:(IUL)414-1/414/2023/89

ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް، އުސޫލުން ހިންގުމުގެ ޤާނޫނު) 151 ވަނަ މާއްދާއިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން ހެދިފައިވާ "ކަނޑުތޮށީގައްޔާއި އެއްގަމު ތޮށީގައި އުޅަނދު ފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމުގެ ގަވާއިދު" (2019/R-895) ގެ ދަށުން ރަށުގެ އެއްގަމު ތޮށީގައި އުޅަނދުތަށް ބޭއްވުމަށާއި ބަނދަރު ސަރަޙައްދަށް މުދާ ބޭލުމާއި، އެކިއެކި މަސައްކަތްތަކަށް ގެންނަ ވެލި ބޭލުމަށް ވަކިސަރަޙައްދެއް ކައުންސިލުންވަނީ ކަނޑައަޅައި އާންމުކޮށް އެންގިފައެވެ. ނަމަވެސް، މިއެންގުމާ ޚިލާފަށް އަދިވެސް ބައެއް އުޅަނދުތައް ދުއްވާ ފަރާތްތަކުން ޢަމަލުކުރަމުންދާކަން މިކައުންސިލަށްވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން މިއަދުން (12 އޮކްޓޫބަރ 2023) ފެށިގެން، 10 ދުވަހުގެ ތެރޭގައި ގަވާއިދާއި ޚިލާފަށް ހުރި އުޅަނދުތައް، ކަނޑައެޅިފައިވާ ސަރަޙައްދަށް ބަދަލުކޮށްދެއްވުމަށް އެދި އުޅަނދުތަކުގެ ވެރިންނަށް ދަންނަވަމެވެ. އަދި މިދެންނެވި މުއްދަތުގައި ކައުންސިލުން ކަނޑައަޅާފައިވާ ސަރަޙައްދަށް ބަދަލުކޮށްފައި ނުވާނަމަ "ކަނޑުތޮށީގައްޔާއި އެއްގަމު ތޮށީގައި އުޅަނދު ފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާއި ބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމުގައިވެސް ދަންނަވަމެވެ.

27 ރަބިޢުލްއައްވަލް 1445

12 އޮކްޓޫބަރ 2023                                   

ގުޅޭ ފައިލްތައް