މުނިސިޕްލް ޚިދުމަތްތައް ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދޭ ފޯމް ޚދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ އާއެކު ހުށަހެޅުން 
  • މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. 
  • ކަންމުޑި އެޅުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް  އަންގާފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަށް ހާޟިރުވުން 
  • ގޯތި ސާފުކުރުމަށް އަންގާފައިވާނަމަ، ވީ އެންމެއަވަހަކަށް ސާފުކުރުމަށްފަހު ކައުންސިލް އިދާރާއަށް އެންގުން




ހިދުމަތުގެ ފެންވަރާއި މުއްދަތު

ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދޭ ފޯމް ހުށަހެޅުމުންފަފ  

ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށް ފަހު ފޯމް އެންޓްރީކުރުން 

ކަންމުޑި އެޅުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރުން 

ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، ކަންމުޑި އެޅުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 05 ދުވަހުގެ ތެރޭގައި އެންގުން 

ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދިނުން 

ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ ތެރޭގައި ސާފުކުރުމަށް ގޯތިގެވެރިފަރާތް ނުވަތަ ބަލަހައްޓާ ފަރާތައް ގޯތި، އަދި މަގުފަޅި ސާފުކުރުމަށް ޗިޓް ހަވާލު ކުރެވޭނެއެވެ. ގޯތި ސާފުކުރުމަށް އެންގި ޗިޓްގައިވާ ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް) މަތީގައިވާ ގޮތުގެމަތިން ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

ޗިޓްގައިވާ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ