މުނިސިޕްލް ޚިދުމަތްތައް އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން 
  • މިފޯމް ކައުންސިލް އިދާރާގެ ކައުންތަރުން ލިބެން ހުންނާނެއެވެ. 
  • ފޯމާއެކު ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން  
  • ހިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން. 
  • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާ ފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަޞްލު.  
  • ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަޞްލު ހުށަހަޅާކަށް ނުޖެހޭނެއެވެ 

ހިދުމަތުގެ ފެންވަރާއި މުއްދަތު

ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުމުން ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުމާއި ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން 

ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރުން 

ގޯތި ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. - ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް )ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި( ޗެކްކޮށް ނޯޓް ކުރެވޭނެއެވެ.

ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 04 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން )ސްލިޕް ދޫކުރުން( Page 18 of 23 - ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް )މަތީގައިވާ ގޮތުގެމަތިން( ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވ