މުނިސިޕްލް ޚިދުމަތްތައް އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން 
  • މިފޯމް ކައުންސިލް އިދާރާގެ ކައުންތަރުން ލިބެން ހުންނާނެއެވެ. 
  • ފޯމާއެކު ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން  
  • ހިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން. 
  • ކްލެރިފިކޭޝަން ފޯމް ހުށަހެޅުން 
  • ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް 
 



ހިދުމަތުގެ ފެންވަރާއި މުއްދަތު

ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން  

 ކްލެރިފިކޭޝަން ފޯމް ފުރުމަށްޓަކައި ގޯތީގެ ވެރިފަރާތާއި ނުވަތަ އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތާއި ވަގުތުން ޙަވާލުކުރުން 

އެޕްލިކޭޝަން ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން  

ކްލެރިފިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން 

އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން 

ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ޢާއްމު އިޢުލާންގެ މުއްދަތު ހަމަވެފައިވާނަމަ، ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. ޢާއްމު އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން ކުލެރިފިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅައިފިނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށްވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަންގާނީ ޢާއްމު އިޢުލާންގެ މުއްދަތު ހަމަވާތާ، ރަސްމީ 02 ދުވަހުގެ ތެރޭގައެވެ 

ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ، ކްލެރިފިކޭޝަން ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދިނުން 

ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)  

 ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ކުލެރިފިކޭޝަން ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ 

ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން 

ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ކުލެރިފިކޭޝަން ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާނަމަ، އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގު ޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދިނުން