އިސްލާމިކް ޔުނިވާސިޓީއާއި ކައުންސިލް ގުޅިގެން ސެޓްފިކެޓް ލެވެލް 1 އިން ޤިރާއަތު ކޯސް ކަނޑުހުޅުދޫގައި ފެށިއްޖެ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީއާއި ގއ. ކަނޑުހުޅުދޫ ކައުންސިލް ގުޅިގެން، ގއ. ކަނޑުހުޅުދޫގައި ޤިރާއަތު ލެވެލް 1 ގެ ކޯސް 08 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ފެށިއްޖެއެވެ. މިއީ އިސްލާމިކް ޔުނިވާސިޓީގެ އައުޓްރީޗް ސެންޓަރުގެ ގެ ގޮތުގައި ކްލާސްތައް ހިންގުމުގެ ސިޔާސަތުގެ ދަށުން، ގއ. ކަނޑުހުޅުދޫ ކައުންސިލުން އެދިގެން ކިޔަވައިދޭން ފެށިފައިވާ ފުރަތަމަ ކޯހެކެވެ. އަދި މިކޯހުގެ ކްލާސްތައް ކުރިއަށްދާނީ ކޮންމެ ހަފްތާއަކު ބުރާސްފަތި، ހުކުރު އަދި ހޮނިހިރުގައެވެ. މި ކޯހުގައި ކިޔެވުމަށް ގާތްގަނޑަކަށް 20 އަށްވުރެ ގިނަ ދަރިވަރުން ފޯމް ހުށަހަޅާފައިވާއިރު، މިކޯހުގައި ކިޔަވައިދެއްވަނީ އިސްލާމިކް ޔުނިވާސިޓީއިގެ ލެކްޗަރަރއިން ރަށަށް އައިސްއެވެ.  

މިކޯސް ރަށުގައި ކުރިއަށް ގެންދިއުމަށް ކަނޑުހުޅުދޫ ސްކޫލްއިން ކްލާސްރޫމެއް ހަމަޖައްސަވައިދެއްވިކަމަށްޓަކައި އެސްކޫލްގެ މެނޭޖްމަންޓަށް ކައުންސިލްގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. މި ކައުންސިލްގެ އެދުމަކީ، މިފަދަ ތަޢުލީމީ އިތުރު ގިނަ ފުރުސަތުތައް ރަށުގައި ތިބެގެން ރަށުގެ ރައްޔިތުންނަށްލިބޭނެ އިންތިޒާމް ހަމަޖެހިގެން ހެދުމެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ކޯސްތަކެއް ރަށުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން މިހާރުވެސް ދަނީ މަސައްކަތްކުރަމުންނެވެ.