ރާވެރިޔާ ވޮލީ މުބާރާތުގެ ގއ. އަތޮޅުގެ ޗެމްޕިއަންކަން ކަނޑުހުޅުދޫ އަންހެނ ވޮލީ ޓީމް ހޯދައިފި

ގއ. އަތޮޅަށް ހުޅުވާލައިގެން ގއ. ނިލަންދޫ ކައުންސިލުން ކޮންމެ އަހަރކު ކުރިއަށްގެންދާ ރާވެރިޔާ ވޮލީ މުބާރާތުގެ 2023 ވަނަ އަހަރުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ގއ. ކަނޑުހުޅުދޫ އަންހެން ޓީމް ހޯދައިފިއެވެ. މިޓީމް ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލްގައި 3 ސެޓް 2 ސެޓްއިން ގއ. ގެމަނަފުށި ޓީމް ބަލިކޮށްގެންނެވެ،

މުބާރާތުގެ އެންމެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކަނޑުހުޅުދޫ ޓީމްގެ ސިލްމާ ޒާހިރުއެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޓީމްގެ މަރިޔަމް ރީޝާ، ޝިފްޒާ ޢަބްދުއް ސަމަދު، ސިލްމާ ޒާހިރު ހިމެނިފައިވެއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ކަނޑުހުޅުދޫ ޓީމްގެ ކޯޗް އިބްރާހީމް ޢަލީ އެވެ.