ގޯލްޑެން ފުޓްސަލް ޗެލެންޖު 2024ގައި ގެމަނަފުށި ބަލިކޮށް ގއ. އަތޮޅު ޗެމްޕިއަންކަން ކަނޑުހުޅުދޫއަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ގެ ގއ. އަތޮޅު ފައިނަލުގައި ފެބްރުއަރީ 10 ވަނަ ދުވަހުގެ ރޭ ގެމަނަފުއްޓާއި ކަނޑުހުޅުދޫ ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 6-4 ގެ ނަތީޖާއަކުން މޮޅުވެ، ކަނޑުހުޅުދޫ އިން އަތޮޅު ޗެންޕިއަންކަން ހޯދައިފި އެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ކަނޑުހުޅުދޫ ޓީމުގެ އިސްމާއިލް އަންވާރު އެވެ. އަދި މިބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ކަނޑުހުޅުދޫ ޓީމުގެ އަހުނަފް ޒާހިރުއެވެ.