އިޢުލާން: ޑިންގީ މަރާމާތް ކުރާ ސަރަހައްދަށް ކަރަންޓް ލުމާއިގުޅޭ

ނަންބަރު: (IUL)414/414/2024/49


ޑިންގީ މަރާމާތް ކުރާ ސަރަހައްދަށް ކަރަންޓްލުމަށް ކުރިން ނަންބަރ (IUL)414/414/2024/24 އިއުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ، އަލުން އިއުލާން ކުރީމެވެ.

     ޑިންގީ މަރާމާތްކުރުމަށް ބަނދަރުގެ ރޭމްޕް ދެކުނު ފަރާތުގައި ކަނޑައެޅިފައިވާ ސަރަހައްދަށް ކަރަންޓް ލުމަށް ބޭނުންވެއްޖެ.

       ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން  14 އޭޕްރީލް 2024 ވާ އާދީއްތަ ދުވަހު 13:00 ށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ދެވޭ މައުލޫމާތު

  1. ސްކޫލު ދެކުނު ފަރާތު ފާރުގައި ހަރުކޮއްފައިވާ މީޓަރުން ޑިންގީ މަރާތްކުރާ ސަރަހައްދަށް ކޯރު ކޮނެ ކޭބަލް ވަޅުލުން

  2. ކޯރުގެ ފުންމިނަކީ 1.50 ފޫޓް. ކޭބަލް ސައިޒް 6އެމް.އެމް (ޑަބްލް އިންސިއުލިން) ކޭބަލް ދިގުމިން 590ފޫޓް

  3. ޑިންގީ މަރާމާތް ކުރާ ސަރަހައްދުގައި ކޮންކްރީޓް ބޮކުސް ހަރުކޮށް 03 ސޮކެޓަށް ވައިރު ގުޅުވުން

މާކުސް ދެވޭނެ މިންގަޑު

  1. އަގު: %70 (އަގަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުޑައަގު ހުށަހަޅާ ފަރާތަކަށެވެ. ޖީއެސްޓީ ރަޖިސްޓްރީ ކޮއްފައިވާ ފަރާތެއްނަމަ އަގު ހުށަހަޅާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.

  2. މުއްދަތު: %20 މުއްދަތަށް މާކުސްދިނުން: މިބަޔަށް އެންމެ މަތީ މާކުސް ލިބޭނީ އެންމެ ކުރުމުއްދަތެއްގައި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ ފަރާތަކީ އެންމެ މަތިން މާކުސް ލިބޭ ފަރާތްކަމުގައި ބަލައިގެންނެވެ.

  3. ފަންނީގާބިލުކަން/ތަޖުރިބާ: ފަންނީގާބިލުކަމަށް މާކުސްދިނުން: މިބަޔަށް މާކުސް ދިނުމުގައި ބަލާނީ ވޭދުވެދިޔަ 03 އަހަރު ދުވަހުގެ ތެރޭގައި މަތީގައިވާ އަންދާސީ ހިސާބު ހުށަހެޅުމަށް ދެވުނު މައުލޫމާތުގައިވާ މަސައްކަތް ކޮށްފައިވާނަމަ މަސައްކަތްކުރިކަން އަންގައިދޭ ރިފަރެންސް ލިޔުންތަކަށް ބަލައިގެން  ކޮންމެ ލިޔުމަކަށް 2 މާކުސް. އެންމެ ގިނަވެގެން ދެވޭނީ 5 ލިޔުމަށް 10 މާކުސް

           އަންދާސީ ހިސާބު 14 އޭޕްރީލް 2024 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަމްބަރާއި އަދި " ޑިންގީ މަރާމާތް ކުރާ ސަރަހައްދަށް ކަރަންޓް ލުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.

              އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ  ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ވެރިފަރާތުން ނޫން މީހަކަ ލައްވާ  އަންދާސީ ހިސާބު ހުށަހަޅާނަމަ ވެރިފަރާތުގެ ސިޓީއާއިއެކު ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީ އާއި ހުށަހަޅާ ފަރާތުގެ އައިޑީ ކާޑް ކޮޕީ ހުށަހަޅަންވާނެއެވެ. އަދި ކުންފުނީ ގެ ރަޖިސްޓްރީ ނުވަތަ ޕްރަފައިލް ހުށަހަޅަންޖެހޭނެއެވެ.

24 މާރިޗު 2024