ގއ. ކަނޑުހުޅުދޫ ކައުންސިލް ޤުރުއާން މުބާރާތް ބާއްވައިފި.


07 ޖުލައި 2022ގައި ގއ. ކަނޑުހުޅުދޫ ސްކޫލް ހޯލުގައި ކުރިއަށްދިޔަ މި މުބާރާތަކީ ކަނޑުހުޅުދޫ ރައްޔިތުންގެ މެދުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް ޤުރުއާން އުގެނޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ރޫޙެއް އުފައްދައި ތަޖުވީދު ހަމަތަކުގެ މަތިން ތަރުތީލަކޮށް ކިޔެވުމުގެ ޝައުޤުވެރިކަން އާލާކުރުމާއި ދީނީ ރޫޙު އަށަގެންނެވުމާއި އަތޮޅު ފެންވަރުގައްޔާއި ޤައުމީ ފެންވަރުގައި ވާދަކޮށް ރަށަށް ރީތި ނަން ހޯދައިދެވޭ ފަދަ ފަރާތްތަކެއް ރަށުގައި އުފެއްދުމުގެ މަޤސަދުގައި ކައުންސިލުން ކޮންމެ އަހަރަކުވެސް ބޭއްވުމަށް ނިންމާފައިވާ މުބާރާތެކެވެ. މިމުބާރާތުގައި ޖުމްލަ 40 ބައިވެރިން ބައިވެރިވި ނަމަވެސް މުބާރާތުގައި ކިޔަވާފައިވަނީ ޖުމްލަ 27 ބައިވެރިންނެވެ. 


މިމުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ވަނީ 07 ޖުލައި 2022ވަނަ ދުވަހު ހަވީރު 16:30 ގައި ބާއްވާފައެވެ. އަދި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ގއ. އަތޮޅު ކައުންސިލްގެ ނައިބުރައީސް އަލްފާޟިލް ނާސިޙް އިބްރާހީމް އެވެ. އަދި މިގެ އިތުރުން ގއ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަތުހީއާއި އަތޮޅު ކައުންސިލްގެ އިސް އިދާރީ މުވައްޒަފުން މިޖަލްސާގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
މުޅި މުބާރާތުން 01 ވަނަ މަޢިޝާ ޢަލީ.jpeg 191.32 KB


މި މުބާރާތުގެ މުޅި މުބާރާތުން ފަޚުރުވެރި 01 ވަނަ ހާސިލް ކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ، ދޯދި މަޢިޝާ ޢަލީ އެވެ. 01 ވަނައަށްއައި ފަރާތަށް ކައުންސިލުން ވަނީ 2500 ރުފިޔާގެ ފައިސާގެ އިނާމް، ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައެވެ. އަދި ފަޚުރުވެރި 2 ވަނަ ހާސިލްކޮށްފައިވަނީ އެވެނިއު، މަރިޔަމް ޒީކް ޢަބްދުﷲ އެވެ. 02 ވަނަ އަށް އައި ފަރާތަށް ކައުންސިލުން ވަނީ 1500 ރުފިޔާގެ ފައިސާގެ އިނާމް، ޓްރޮފީ އަދި ހަނދާނީ ލިޔުން  ދީފައެވެ. އަދި މި މުބާރާތުން 03 ވަނަ ހާސިލްކޯޤށފައިވަނީ ރިޒާމަންދުވާދީ، ޙުސައިން ޝަޔާން އެވެ. 03 ވަނައަށް އައި ފަރާތަށް ކައުންސިލުން ވަނީ 1000 ރުފިޔާގެ ފައިސާގެ އިނާމް، ޓްރޮފީ އަދި ހަނދާނީ ލިޔުން  ދީފައެވެ. 
މުޅި މުބާރާތުން 02 ވަނަ މަރިޔަމް ޒީކް ޢަބްދުﷲ.jpeg 229.5 KB

މުޅި މުބާރާތުން ވަނަ ދިނުމުގެ އިތުރުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 01ވަނަ، 02 ވަނަ އަދި 03 ވަނަ އަދި މުބާރާތުގެ އެކި އުމުރުފުރާތަކުން 01ވަނަ، 02 ވަނަ، 03 ވަނަ، 04  އަދި 05 ވަނަ އަށް އައި ފަރާތްތަކަށް ވަނީ ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައެވެ. މީގެ އިތުރުން މި މުބާރާތުގައި ބައިވެރިވެ ކިޔެވި ހުރިހާ ފަރާތްތަކަށް ކައުންސިލުން ވަނީ މުސްހަފް އަދި ހަނދާނީ ލިޔުން ދީފައެވެ.
މުޅި މުބާރާތުން 03 ވަނަ ޙުސައިން ޝަޔާން.jpeg 203.15 KB

މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ އަލްފާޟިލް އަޙުމަދު ރިޝާން، އަލްފާޟިލް މުޙައްމަދު އަޙްމަދު އަދި އަލްފާޟިލަ ނާދިޔާ ޢަބްދުލް މުޣުނީއެވެ.