އިދާރީގޮތުންދެވޭ ޚިދުމަތްތައް ވަޒީފާއަށް އެދި ހުށަހެޅުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭފޯމް އަދި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން އިޢުލާނުގެ މުއްދަތު ހަމަވުމުގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލަށް ހުށަހެޅުން 
  • ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ 
  • ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ. 
  • އިންޓަރވިއު އަދި އެސެސްމަންޓް، ޕްރެޒެންޓޭޝަނަށް ކަނޑއެޅިފައިވާ ވަގުތަށް ހާޟިރުވުން 
  • އޭ2 ޝީޓް އާންމުކުރާތާ ރަސްމީ ތިންދުވަހުގެ ތެރޭގައި އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުން


ގުޅޭ ފައިލްތައް

ހިދުމަތުގެ ފެންވަރާއި މުއްދަތު

އިޢުލާނުގެ މުއްދަތު ހަމަވުމުން ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީން ކުރުމަށްފަހު ރަސްމީ 02 ދުވަސް ތެރޭގައި ނަތީޖާ އާންމުކުރުން. 

އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންޓަވިއު ބޭއްވުން 

އިންޓަވިއު ކުރުމަށްފަހު A2 ޝީޓް ލަސްވެގެން ރަސްމީ 02 ދުވަހުގެ ތެރޭގައި ޢާންމުކުރުން. 

ޝަކުވާ ހުށައެޅުމަށް 03 ދުވަހުގެ މުއްދަތެއް ދިނުން. 

ޝަކުވާއެއް އޮތްނަމަ ޝަކުވާއެއް ބަލައި ރަސްމީ 02 ދުވަހުގެ ތެރޭގައި ޖަވާބުދިނުން. 

ޝަކުވާއެއް ނެތްނަމަ އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ވަޒީފާ ހަމަޖެއްސުމަށް ސިވިލްސަރވިސް ކޮމިޝަނަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ސީ.އެސް ވިއުގައިން ހުށަހެޅުން. 

ވަޒީފާ ނުލިބޭ ފަރާތްތަކަށް އެކަން އެންގުން. 

ވަޒީފާ ހަމަޖެހުމުން އެފަރާތާއި ޗިޓު ހަވާލުކޮށް މަސައްކަތަށް ނެރުން.