ޕްރޮކިއުމަންޓް ޚިދުމަތްތައް އެސްޓިމޭޓާއި ބީލަން ހުށަހެޅުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

އިޢުލާނުގައި ބަޔާންކުރާ ވަގުތުގައި ކައުންސިލް އިދާރާއަށް ވެރިފަރާތުން ހާޟިރުވެ އެސްޓިމޭޓް ހުށަހެޅުން 
ނުވަތަ ވެރިފަރާތައް ހާޟިރުވެވެން ނެތްނަމަ ބަދަލުގައި މީހަކު ފޮނުވުން (ބަދަލުގައި އަންނަ މީހަކީ ވެރިފަރާތުން ފޮނުވާ މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހެޅުން) 
ބީލަން ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހަމަކޮސް ހުށަހެޅުން 

ގުޅޭ ފައިލްތައް

ހިދުމަތުގެ ފެންވަރާއި މުއްދަތު

އިޢުލާންކުރާ ބީލަންތަކާއި ޕްރޮޕޯސަލްތައް ހުށަހެޅުމަށް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ދެވޭނެ 

ބީލަންތައް ލިބޭދުވަހު ޝަރުތުހަމަވޭތޯ ބެލޭނެ 

ޝަރުތުހަމަވާ ބީލަންތަކުގެ އިވެލުއޭޝަން 3 ދުވަހުގެ ތެރޭގައި ހެދޭނެ 

އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެތެރޭގައި ބިޑްކޮމެޓީއަށް މައްސަލަ ފޮނުވޭނެ 

ބިޑްކޮމެޓީން ނިންމާގޮތެއްގެ މަތިން 3 ދުވަހާއި 5 ދުވަހާ ދެމެދު ބިޑް ކާމިޔާބުކުރި ފަރާތާ މަސައްކަތް ޙަވާލުކުރެވޭނެ. 

ބީލަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅާއިފިނަމަ 5 ދުވަހުގެ ތެރޭގައި އެކަމެއްބަލައި ޖަވާބު ދެވޭނެ.