ރަށްވެހިކަމުގެ ޚިދުމަތްތައް އެކަނިވެރިމައިންގެ ފޯމް ފޮނުވުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް ރަސްމީ ގަޑީގައި ކައުންޓަރަށް ނުވަތަ އީމެއިލަށް ހުށަހެޅުން 
  • މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އެންސްޕާގެ ވެބްސައިޓް www.nspa.gov.mv އިން ލިބެން ހުންނާނެ 
  • ފޯމާއެކު ބޭނުންވާ މަޢުލޫމާތު ކައުންސިލުން އެދޭގޮތަށް ފޯރުކޮށްދިނުން 
 



ގުޅޭ ފައިލްތައް

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު

ހިދުމަތުގެ ފެންވަރާއި މުއްދަތު

ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 08:00 ން 13:00އަށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ [email protected] ޒަރީޢާއިން ބަލައިގަތުން 

އެކަނިވެރިމައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފުތަރު ކުރުމާއި އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވުން 

އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރުން