ރަށްވެހިކަމުގެ ޚިދުމަތްތައް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯމުލުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް ފުރިހަމަކޮށް ރަސްމީ ގަޑީގައި ކައުންޓަރަށް ނުވަތަ އީމެއިލަށް ހުށަހެޅުން 
  • މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އެންސްޕާގެ ވެބްސައިޓް www.nspa.gov.mv އިން ލިބެން ހުންނާނެ 
  • ފޯމާއެކު ބޭނުންވާ މަޢުލޫމާތު ކައުންސިލުން އެދޭގޮތަށް ފޯރުކޮށްދިނުން 



ގުޅޭ ފައިލްތައް

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް

ހިދުމަތުގެ ފެންވަރާއި މުއްދަތު

ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީދުވަހެއްގެ 30:8 ން 00:13 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ ޢީމެއިލްގެ ޒަރީޢާއިން ބަލައިގަތުން  

ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ 

އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 2 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.