ރަށްވެހިކަމުގެ ޚިދުމަތްތައް އައިޑީ ކާޑު ހެދުން

ހިދުމަތް ހޯދާފަރާތުގެ ޒިއްމާ

  • ފުރިހަމަކޮށްފައިވާ އައިޑީކާޑު ހެދުމަށް އެދޭ ފޯމް ހުށަހެޅުން 
  • މިފޯމް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި ޑީ.އެން.އާރު ގެ ވެބްސައިޓުން www.dnr.gov.mv  އިން ފޯމް ލިބެން ހުންނާނެ.  
  • ކާޑު ނިމުމުން ކާޑު ކައުންސިލް އިދާރައަށް ދުރުވެ ހޯދުން 



ގުޅޭ ފައިލްތައް

ހިދުމަތުގެ ފެންވަރާއި މުއްދަތު

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު08:30 އިން 13:00 އަށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލް [email protected] ގެޒަރީޢާއިން ހުށަހެޅޭ ފޯމް ވަގުތުން ބަލައިގަތުން  

ކައުންސިލް އިދާރާއަށް ފޯމުލިބޭތާ ރަސްމީ 1 ދުވަސްތެރޭގައި، ކާޑުހެދުމަށް ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި ފުރިހަމަކުރުމަށްފަހު، އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވުން 

ކައުންސިލަށް ކާޑްލިބުމުން ކާޑް ލިބިފައިވާކަން ފޯންކޯލް ނުވަތަ އެސް.އެމް.އެސް މެދުވެރިކޮށް އެފަރާތައް އެންގުން 

ޑީ.އެން.އާރުން ނިމިފައިހުރި އައި.ޑީ ކާޑުތައް އިދާރާއަށް ލިބޭތާ ރަސްމީ 2 ދުވަސްތެރޭގައި ވެރިފަރާތާ ޙަވާލުކުރުން